ހުއްދަ ނުހޯދައި ށ. އަތޮޅު ފުނަދޫން ޑިންގީއެއްގައި ފުރި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ޑިންގީގައި ތިއްބާ ހައްޔަރު ކޮށްފައި ވަނީ ދެ ފިރިހެނުންނެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން މިއަަދު ބުނީ ހުއްދަ ނުހޯދައި ފުނަދޫ ފަަޅުތެރޭގައި އޮތް ޑިންގީއެއްގައި ބަޔަކު ފުރި މައްސަލަ އެއް އިއްޔެ ހުށަހެޅި ކަމަށެވެ. އަދި އެ ޑިންްގީ އެ އަތޮޅު ޅައިމަގާ ހަމައަށް ގޮސްފައި ވަނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ހުއްދަ ނެތި އެއްރަށުން އަނެއް ރަށައް ދަތުރު ކުރުން މަނާކޮށްފައިވައިވާއިރު މީގެ ކުރިން ވެސް އެކި ފަހަރުމަތިން ވަނީ ވަގަށް ރަށްރަށަށް އަރަނިކޮށް މީހުން ހައްޔަރު ކޮށްފައިވެ އެވެ. އެގޮތުން އެރަށެއްގެ ޓާސްކް ފޯސްގެ ހުއްދަ ނެތި އެރަށުން އަނެއް ރަށައް ދަތުރު ނުކުރުމަސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.