twitterviber whatsapp telegramfacebookyoutube instagram
17th September 2026

މާލޭގައި ތާށިވި މިހުން ރަށްރަށުގެ ފެސިލިޓީތަކަށް ނުފޮނުވަން ނިންމައިފި

ޚަދީޖާ އާދަމް
May 10, 2020
1

ކޮވިޑް-19 ގެ ސަބަބުން މާލެ ލޮކްޑައުން ކުރުމާއި ގުޅުގެން މާލޭގައި ތާށިވި މީހުން ރަށްރަށުގެ ކަރަންޓީނު ފެސިލިޓީތަކަށް ނުފޮނުވަން ނިންމައިފި އެވެ. އެގޮތުން އެމީހުން ފޮނުވުމަށް ހަމަޖެހިފައިވަނީ ޓްރާންސިޓް ފެސިލީޓީތަކަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާލޭގައި ތާށިވެފައި ތިބި މީހުން ދެން ފޮނުވާނީ ހަމައެކަނި ޓްރާންސިޓް ކަރަންޓީނު ފެސިލީޓީތަކަށް ކަމަށެވެ.

ޓްރާންސިޓް ފެސިލީޓީތަކުގައި މިހާރު ރިސޯޓުތައް ކަނޑައަޅާފައިވާއިރު ދެން މާލެއިން މީހުނަށް ރަށްރަށަށް ދެވޭނީ މި ފެސިލިޓީއެއްގައި 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ޓެސްޓް ހަދައި ނަތީޖާ ލިބުމުންނެވެ.

މަބުރޫކް ވިދާޅުވީ ކުރިން ހަމަޖައްސާފައި އޮތީ އެކި ރަށްރަށުގައި ކަރަންޓީނު ފެސިލީޓަކުގައި ޖާގަ އޮތް މިންވަރަކުން މީހުން ފޮނުވަން ކަމަށް ވިޔަސް ދެން އެކަން ނުކުރާނެ ކަމަށެވެ.

ކައުންސިލްތައް މެދުވެރިކޮށް ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތު އަދި ބަންދު ކޮށްފައެއް ނުވާއިރު މިހާރު ވެސް ވަނީ ގިނަ ބަޔަކު ނަން ނޯޓް ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293