twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންތިހާބު ފަސްކުރުމުން މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި

May 11, 2020
1

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ހާއްސަ ބިލް ރައިސުލްޖުމްހުރިއްޔާ ތަސްދީގުކުރެއްވުމާއެކު އިންތިހާބަށް ކުރިމަތިލުމުން ވަޒީފާއިން ސަސްޕެންޑުވި ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ބާތިލުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން އިން ބުނެފައިވަނީ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ހަވަނަ މާއްދާ ބާތިލުކޮށްފައިވާތީ، އެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން އިންތިހާބާ ގުޅިގެން ސަސްޕެންޑުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ވަނީ އިއްޔެއިން ފެށިގެން ބާތިލު ވެފައި ކަމަށެވެ.

ކައުންސިލްތަކުގެ އިންތިހުބު ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަކަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވާނެ ކަމަށެވެ.

ސަސްޕެންޝަން އުވާލައި މުވައްޒަފުން އަލުން ވަޒީފާއަށް ނުކުންނަން ހަމަޖެހުނު ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މިވަގުތު ސަރުކާރުގެ އޮފީސްތައް ހިންގަނީ ވަކި ހާއްސަ އުސޫލުތަކެއްގެ މަތީން ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެހެން ކަމުން ސަސްޕެންޝަން ބާތިލުކޮށްފައިވާ މުވައްޒަފުން އަމަލުކުރާނީ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތެއްގެ މަތީން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355