twitterviber whatsapp telegramfacebookyoutube instagram
14th September 2026

ހެޕީ މާކެޓުން ކުޅުދުއްފުށީ ޓާސްކް ފޯސްއަށް ފެނާއި ސެނިޓައިޒާ ހަދިޔާކޮށްފި

އަބްދުލް ވާހިދު ޙަސަން
May 11, 2020

ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކް ފޯސްއަށް ހެޕީ މާކެޓުން ގިނަ އަދަދެއްގެ ފެނާއި ސެނިޓައިޒާ ހަދިޔާކޮށްފި އެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސްގެ ޗެއާމަން އަދި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ސޯޝަލް ސަޕޯޓް ޑެސްކުގައި ބޭނުންކުރުމަށް ހޭންޑް ސެނިޓައިޒާ އާއި ބޯފެން ހެޕީ މާކެޓުން ހަދިޔާކުރިކަމީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ހެޕީ މާކެޓުން ކުޅުދުއްފުށީ ޓާސްކް ފޯސްއަށް 500މލ ގެ 100 ފެން ކޭސް އާއި 15 ލީޓަރުގެ ސެނިޓައިޒާ ހަދިޔާކޮށްފައިވެ އެވެ.

🥤🤏 ސޯޝަލް ސަޕޯޓް ޑެސްކުގައި ބޭނުން ކުރުމަށް ހޭންޑް ސެނިޓައިޒަރ އަދި ބޯފެން ހެޕީ މާކެޓް ފިހާރައިގެ ފަރާތުން ހަދިޔާ...

Posted by Kulhudhuffushi Council on Friday, May 8, 2020

ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކް އަދި ބަނދަރުގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ ޑެސްކްގައި 24 ގަޑިއިރު މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެތަނުގައި ފުލުހުންނާއި ސިފައިންގެ އިތުރުން ކައުންސިލް މުވައްޒަފުންނާއި ހޮސްޕިޓަލް އަދި ރެޑްކުރެސެންޓްގެ ދަރުމަވެރިންގެ އިތުރުން ބައެއް މުވައްސަސާތަކުގެ ވެރިން އަންނަނީ އަމަލީ ގޮތުން މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293