twitterviber whatsapp telegramfacebookyoutube instagram
26th December 2025

އަނބުރާ ރަށަށް ދިއުމަށް 5000 މީހުން އެދިފައިވޭ

May 11, 2020

މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެންއޯއީސީގެ ނޫސްވިރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ، މާލޭގައި ބަލި ފެތުރެމުން އަންނަ މިވަގުތުގައި މާލެއިން އަތޮޅުތަކަށް މީހުން ދިޔުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި ނަމަވެސް ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން ވަރަށް ގިނަ ބަޔަކަށް އެކަމަށް އެދެމުންދާ ކަމަށެވެ.

އެގޮތުން 5،000 ވުރެ ގިނަ މީހުން އެކަމަށް އެދިފައިވާއިރު ޒަރޫރީ ހާލަތްތައް ދިމާވެފައިިވާ އެތައް ބަޔަކު އެބަތިބި ކަމަށާއި، އެހެން ކަމުން ކޮންޓްރޯލް ކަރަންޓީނެއްގެ ތެރެއިން މީހުން ރަށްރަށަށް ފޮނުވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާ ގިނަ އަދަދެއްގެ މީހުން މާލެއިން ފުރަން އެދިފައި ވާއިރު އެންމެން ރަށްރަށަށް ފޮނުވައިގެން ކަރަންޓީނު ކުރެވޭނެ ކެޕޭސިޓީ މިހާރު ހުރި މަރުކަޒުތަކުގައި ނުހުންނާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށް ކަރަންޓީން ފެސިލިޓީތަކުގެ ޖާގަ އިތުުރު ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން ހުޅުމާލެއިން 500 ކޮޓަރި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355