twitterviber whatsapp telegramfacebookyoutube instagram
11th September 2026

ރެސިޕީ: އެގް އެންޑް ޗީސް ސޭންޑްވިޗް

ނަބީލާ އިސްމާޢީލް
May 14, 2020

ބޭނުންވާ ތަކެތި:

  • 1 ޕާން
  • 1 މަސްދަޅު
  • 2 ފިޔާ ( ކުދިކޮށް ކޮށާފައި )
  • 1 ސައި ސަމުސާ ތެޅިމިރުސް
  • 1 ސައިސަމުސާ އަސޭމިރުސް
  • 2/1 ސައިސަމުސާ ގިތެޔޮމިރުސް ( ކުދިކޮށް ކޮށާފައި )
  • 3 ސައި ސަމުސާ މަޔޮނައިސް
  • 6 ބިސް ( ކައްކާފައި ކުދިކޮށް ކޮށާފައި )
  • 2 ސައި ސަމުސާ ލުނބޯ ހުތް
  • ރަހަލާވަރު ލޮނުކޮޅެއް
  • ބަޓަރ ކޮޅެއް
  • 20 ފޮތި ސްލައިޑް ޗީޒް

ތައްޔާރުކުރާނެގޮތް:

ތައްޓަކަށް ކޮށާފައި ހުރި ފިޔާކޮޅު އަޅާ ލުނބޯހުތް ޖަހައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މިރުސް، މަސް، އަސޭމިރުސް، ތެޅިމިރުސް، މަޔޮނައިސް އަދި ރަހަލާވަރު ލޮނުކޮޅެއް އަޅާ ރަނގަޅަށް މޮޑެލާށެވެ. ދެން ކައްކާ ކޮށާފައި ހުރި ބިސްކޮޅުއަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ޕާން ފޮތިތަކުގައި ބާޓާރ ހާކާލާށެވެ. އަދި އެއްފޮތި މައްޗަށް މޮޑުނު މަސްގަޑުން މަސްކޮޅެއް އަޅާ ސަމުސަލަކުން ރަނގަޅަށް އެއްވަރުކޮށްލުމަށްފަހު މަތީގައި ސްލައިޑް ޗީސް ފޮތި ބާއްވާލާފައި އަނެއް ޕާން ޕޮތިވެސް މަތީގައި ބާއްވާލާފައި ބަޓަރުކޮޅު ވިރެންދެން ދެފުށް ކުޑަކޮށް ޗޮކްލެޓް ކުލަ އަރަންދެން ފިހެލާލާށެވެ. ނުވަތަ ހޫނު ކޮށްލާށެވެ. ރަނގަޅަށް ފިހެވުމުން ސޭންޑްވިޗް ގޮތަށް ޕާންފޮތި ކަފާލާށެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293