twitterviber whatsapp telegramfacebookyoutube instagram
19th May 2025

ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހެއްގެ ހާލު ސީރިއަސް ވެއްޖެ

May 14, 2020
1

ކޮވިޑް ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އެންއީއޯސީން ބުނެފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު 10 މީހަކަށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

މިރޭ އެންއީއޯސީންގެ ނޫސްވެރިންގެ ބައްދަލްވުމުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ތައްޔާރުކޮށްފައިވާ ކޮވިޑް ސެންޓަރާއި ޓްރީޓޮޕްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ވެންޓިލޭޓަރަށް ނުލައި އޮތް މީހެއްގެ ހާލު ސީރިއަސްވެގެން އޭނާގެ ހާލަތު ވަރަށް ގާތުން މޮނިޓަރު ކުރެވެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މޫސާ މުރާދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ އަންހެން މީހާގެ ހާލަތު ރަނގަޅު ކަމަށާ އޭނާ ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ތިން މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އެހެން ކަމުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 955 އަށް އަރާފައެވެ. މި ވަގުތު ފަރުވާ ދެމުން ގެންދަނީ 910 މީހަކަށެވެ. 40 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355