twitterviber whatsapp telegramfacebookyoutube instagram
26th October 2026

ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރުކޮށްފި

ޚަދީޖާ އާދަމް
May 14, 2020
1

‏ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް މުއްދަތު އިތުރުކޮށްފި އެވެ.

މުޅި ރާއްޖޭގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލީ މިދިޔަ މާރޗުމަހުގެ 19 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކޮށްފަައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް ފަރުޟް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދު ކުރުމަށާ، ސުންނަތް ނަމާދު ކުރުން ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި މާތްﷲ ގެ ރަހުމަތަށް މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިގޮތަށް ދެ ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293