twitterviber whatsapp telegramfacebookyoutube instagram
18th June 2026

މާޗް އިން ޖޫން އަށް ވިސާ ފީ ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތް ހަދައިފި

May 21, 2020

މިދިޔަ މާޗް މަހުގެ 19 އާ ޖޫން މަހުގެ 30 އާ ދެމެދު ވިސާ ފީގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމުގެ ސަބަބުން އެކި ކަހަލަ ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް އިމިގުރޭޝަނުން ބުނެއެވެ.

އެހެން ކަމުން ވިސާ ފައިސާ ދެއްކުމަށް އުނދަގޫތަކެއް ވާކަން ފާހަގަކުރެވިފައި ވާތީ މާޗް 19 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވިސާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތް ޖަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވިސާ ފީ މާފްކޮށްދީފައި ވާއިރު އިމިގުރޭޝަނުން ވަނީ ރާއްޖޭން ބޭރުގައި ތިބެގެން ޕާސްޕޯޓް އާ ކުރަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސައިދީފަ އެވެ.

ރާއްޖޭން ކޮވިޑް-19 ފެނުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް ގިނަ އޮފީސްތަކުން އަންނަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355