twitterviber whatsapp telegramfacebookyoutube instagram
16th September 2026

ޖަމާއަތްތެރިންގެ އިސް އިމާމަކަށް އަބޫބަކުރު

May 21, 2020

ކުޅުދުއްފުށީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަމުގެ އިސް އިމާމެއްގައި ގޮތުގައި އަބޫބަކުރު ހަސަން ހަމަޖައްސައިފި އެވެ.

ހުކުރު މިސްކިތުގެވެސް އިމާމުކަން ކުރައްވަމުން ގެންދަވާ އަބޫބަކުރު ހަސަންއަށް އެ މަސްއޫލިއްޔަތު ހަވާލުކުރީ މީގެ ދެ ދުވަހެއް ވަރު ކުރިން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

އަބޫބަކުރު ހަސަންއަށް އެ ކަން ހަވާލުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އިބުރާހިމް އެ މަގާމުން ވަކިކުރުމަށްފަހު އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، އަހުމަދު، ވަކިކުރީ ދީނީގޮތުން އެފަދަ މަގާމެއްގައި ހުންނަ މީހަކު ކުރުން އެކަށީގެން ނުވާ ކަންތައްތަކެއް ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރުމުން ކަމަށެވެ.

އަދި ފުލުހުން އޭނާއާ ބެހޭ އެފަދަ މައްސަލައެއް ތަހްގީގުކުރަމުންދާތީ ކަމަށްވެސް ކައުންސިލް މައުލޫމާތުދިނެވެ. އެކަމަކު އެއީ ކޮން މައްސަލައެއްކަމެއް ކައުންސިލުން ހާމައެއްނުކުރެ އެވެ.

ޖަމާތްތެރިންގެ އިސް އިމާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި މަރުވާ މީހުންގެ ކަށުކަމާއެކީގެ ހުރިހާކަމެއް އިސްވެ ބެލެހެއްޓުމާއި ހޮސްޕިޓަލުގައި ވިހާ ކުދިންގެ މަސްވަޅުލުމާއި ސަހަރާގޭގެ ކަންތައްތައް ބެހެލެއްޓުން ފަދަ މުހިންމު ކަންތައްތައް ހިމެނެ އެވެ. މި މަސައްކަތްތައް ކުރާނީ ޖަމާއާތްތެރިންނާއެކު ކައުންސިލުން އަންގާފައިވާ ގޮތުގެ މަތިންނެވެ.

މާލޭ ފިޔަވާ އެންމެ ގިނަ މީހުން ވަޅުލަމުންދަނީ ކުޅުދުއްފުށި ސިޓީގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293