twitterviber whatsapp telegramfacebookyoutube instagram
29th April 2026

ވިއްސާރާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފި

May 21, 2020

ކުޅުދުއްފުއްޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލްގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފި އެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ދަނީ ގަދަވަޔާއެކު ވިއްސާރަކުރަމުންނެވެ. އެހެންވުމުން ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެ، ސަމާލުކަމަށް ގެނެސްފައި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުޅުދުއްފުއްޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދިމާވެދާނެ ފެންބޮޑުވުމުގެ ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން އެކައުންސިލްގައި އެމެޖެންސީން އޮޕަރޭޝަން ސެންޓަރެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

އަދި ފެންބޮޑުވެ، އެހީތެރިކަމަށް ބޭނުންވެއްޖެނަމަ އެކައުންސިލްގެ ނަންބަރު 6527189 ގުޅައި ރިޕޯޓްކުރުމަށް ވަނީ އެދިފައިވެ އެވެ.

އިއްޔެއިން ފެށިގެން ގަދަވަޔާއެކު ކުޅުދުއްފުއްޓަށް ދަނީ ވިއްސާރަކުރަމުންނެވެ. އަދި މިހާރު ކުރަމުންދާ މި ވިއްސާރާގައި ބައެއް ރަށްރަށުގެ ދަނޑުބިންތަކަށްވެސް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355