twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ

އަބްދުލް ވާހިދު ޙަސަން
May 24, 2020
1

މިއަހަރުގެވެސް ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުޅުދުއްފުށި ސިޓީގައި އޮންނާނެކަމަށް އެކަން އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

އެކަން އެހެން އަހަރުތަކުގައިވެސް އިންތިޒާމުކުރުމުގައި އިސްކޮށް އުޅޭ ހުސެއިން އަލީ (ކޭޑީ) ބުނީ މިއަހަރުގެ ފިތުރު އީދު ނަމާދުވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސްޓޭޑިއަމްގައި އިމާމުވެސް އީދު ނަމާދުކޮށްދެއްވާނީ ޝެއިހް ރޫހުލްއަމީން އަބުދުﷲ އެވެ.

އޭނާ ބުނީ ކައުންސިލްގެ ހުއްދައާއެކު މިއަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ސްޓޭޑިއަމްގައި ކަމަށެވެ. އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހުސެއިން އަލީއަށް ހުއްދަދީފައިވާކަން ކައުންސިލްގެ ރައީސް އަބުދުލް ލަތީފްވެސް ވަނީ ކޭއޯއަށް ޔަގީންކޮށްދީފަ އެވެ.

މިނިސްޓްރީންވެސް ބޮޑަށް ލަފާދީފައިވަނީ އީދު ނަމާދު މިސްކިތްތަކުގައި ކުރުމުގެ ބަދަލުގައި ހުސްބިންތަކުގައި ކުރުމަށެވެ. މީގެ އިތުރުން ހުސްބިންތަކުގައި އީދު ނަމާދުކުރުމަކީ ސުންނަތެކެވެ.

ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް

  • ގެއިން ވުޝޫކޮށްގެން މިސްކިތަށް ދިޔުން
  • ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  • މުސައްލައެއް ހިފައިގެން ދިޔުން
  • ރޯގާގެ އަލާމާތެއް ހުންނަ މީހުން މިސްކިތަށް ނުދިއުން
  • މިސްކިތަށް ދާއިރު މާސްކް އެޅުން

ސްޓޭޑިއަމްގެ އިތުރުން މާދަމާ ހުކުރު ކުރާ ފަސް މިސްކިތުގައިވެސް އީދު ނަމާދުކުރުން އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355