twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޅުދުއްފުށީގައި ކުއްލިގޮތަކަށް ކުޑަކުއްޖަކު މަރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 26, 2020
1

ކުޅުދުއްފުށީގައި ކުއްލިގޮތަކަށް ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ކުއްލިގޮތަށް މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ ކުއްޖެކެވެ.

ކުއްޖާގެ ބެލި ޑޮކްޓަރުންނާ ހަވާލާދެއްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ކުއްޖާ ހޮސްޕިޓަލަށް ގެނައުމުގެ 15 ވަރަކަށް މިނެޓްކުރިން ކުއްޖާ ނިޔާވެފައިވާކަމަށް ލަފާކުރެވޭކަމަށެވެ.

ކުއްޖާ ހޮސްޕިޓަލަށް ގެނައީ މިއަދު 16:20 ގައި އެވެ. މަރުވިކަން ޑޮކްޓަރުން ކަށަވަރުކޮށްފައިވަނީ 16:47 ގައި އެވެ.

އޭނާގެ ވިދާޅުވީ ކޮވިޑަށް ޝައްކުކުރެވޭ ކޭހެއް ނޫންނަމަވެސް ކުއްލި މަރަކަށްވުމުން މިހާރު އޮންނަ އުސޫލުގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ކަމަށެވެ.

މަރުވި ކުއްޖާއަކީ އާއިލާގެ އެންމެ ހަގު އަދި އެ ދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355