twitterviber whatsapp telegramfacebookyoutube instagram
31st December 2025

ޗެންނާއީއިން ރާއްޖެއަށް 5967 ކިލޯގެ ސިއްހީ ސާމާނު ގެނެސްފި

ނަބީލާ އިސްމާޢީލް
May 28, 2020

މޯލްޑިވިއަނުން ކުރާ ކާގޯ ދަތުރު ތަކުގައި މޯލްޑިވިއަން ފްލައިޓެއްގައި އިންޑިއާގެ ޗެންނާއީއިން ރާއްޖެއަށް 5967 ކިލޯގެ ސިއްހީ ސާމާނު ގެނެސްފިއެވެ.

ރާއްޖެއަށް މުދާ ގެނައުމަށް އެހީތެރިވުމަށް މޯލްޑިވިއަނުން ބާއްވަމުންދާ ކާގޯ ދަތުރުތަކުގައި އިއްޔެ ވަނީ އިންޑިއާގެ ޗެންނާއީއާއި ޓްރިވެންޑުރަމަށް ދަތުރުތައް ބާއްވާފައެވެ. މި ދަތުރުގައި ޓްރިވެންޑުރަމުން ވަނީ 13 ޓަނުގެ ތަރުކާރީއާއި މޭވާގެ ބާވަތްތައް ގެނެސްފައެވެ.

މޯލްޑިވިއަނުން އަންނަނީ ތައިލެންޑާއި ސްރީލަންކާ އަށްވެސް ކާގޯ ފުލައިޓްތައް ބާއްވަމުންނެވެ. މި ދަތުރުތައް ފަށާފައިވަނީ މާޗު މަހުގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ބައިނަލް އަގުވާމީ ދަތުރުތަށް މެދުކެނޑިފައިވާ މި ދަނޑިވަޅުގައި މޯލްޑިވިއަނުން ކާގޯ ފުލައިޓްތައް ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ކުރަމުންދާއިރު، އެ އެއާލައިނުން އަންނަނީ ހުރިހާ ޑޮމެސްޓިކް މަންޒިލްތަކަށްވެސް ކާގޯ ފުލައިޓް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355