twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ގާނޫނު އަސާސީ އިސްލާހު ކުރަން ކޮމެޓީން ފާސްކޮށްފި

ނަބީލާ އިސްމާޢީލް
May 30, 2020

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިހާރު އިންތިހާބުކޮށްފައިތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ޤާނޫނުއަސާސީއަށް އިންތިޤާލީ މާއްދާއެއް އިތުރުކޮށް ޤާނޫނުއަސާސީ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންްގެ މަޖިލީހަށް ދެއްވި ލަފަޔާއިއެކު ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމަށް މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 63 މެމްބަރުންގެ ތާއީދާއެކުއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި ނުބޭއްވުމުން ސަރުކާރުގެ ފަރާތުން ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށައެޅުއްވީ ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ހަލީމް އެވެ.

އެ ބިލް ދިރާސާ ކުރަމުން ދަނީ މުޅި މަޖިލީހުގެ ކޮމެޓީއިންނެވެ. ރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އެބިލާއި ގުޅޭ ގޮތުން އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355