twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފެނުގެ އަސަރުކޮށްގެން 23 ގެޔަކު ރިޕޯޓްކުރި، ބޮޑު ގެއްލުމެއް ނުލިބޭ

އަބްދުލް ވާހިދު ޙަސަން
May 30, 2020

އުތުރުގެ ރަށްތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އިއްޔެ އާއި ރޭ ވެހުނު ވާރޭގައި ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގެ ފެންބޮޑުވެއްޖެ އެވެ.

ވިއްސާރަވާން ފެށުމާއެކު އެހެން އަހަރުތަކާ ތަފާތުކޮށް މިފަހަރު ކައުންސިލުން ދިޔައީ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ފެންބޮޑުވެ ހިނގާފާނެ ހާދިސާއަކަށް ދުރާލައި ތައްޔާރުވަމުންނެވެ. އެގޮތުން ވިއްސާރަވުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލް އިދާރާގައި މިމަހު 21 ވަނަ ދުވަހު ވަނީ އިމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފައި އެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، އިއްޔެ އާއި ރޭ ކުރި ވިއްސާރާގައި ކުޅުދުއްފުށި ސިޓީގެ ތިން ސަރަހައްދެއްގެ ފެންބޮޑުވެފައިވެފައިވާ ކަމަށާއި ނަމަވެސް ފެންގަނޑު ގޭތެރެއަށް ވަދެ ގެއްލުންވިކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ލަތީފް ވިދާޅުވީ، އެކަމަކު ބައެއް ގެތަކުގެ ގޯތިތެރޭގައި ފެންބޮޑުވުމާއި ދުއްވާ އެއްޗެހި ބާރަށް ދުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަނުމުގެ ސަބަބުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ފެނުގެ އަސަރުކޮށް، އެފަދަ 23 ގެޔަކުން ވަނީ ރިޕޯޓްކޮށްފައިވެ އެވެ.

ފެންބޮޑުވެފައިވަނީ ފާހިގެ ސަރަހައްދާއި ނެރުގޯތި ހިމެނޭ ސަރަހައްދުގެ އިތުރުން ދިލާސާގެ ސަރަހައްދުގައި އެވެ. ލަތީފް ވިދާޅުވީ ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ އެހީތެރިކަމާއެކު ދެ ސަރަހައްދެއްގެ ޕަމްޕް ޖައްސައިގެން ފެންހިންދުމުގެ މަސައްކަތް ރޭ ކޮށްފައިވާ ކަމަށެވެ. އަދި އެއް ސަރަހައްދެއްގައި މޫދަ ކޯރުކަނޑާފައިވެ އެވެ.

އުތުރުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ

Posted by Kulhudhuffushi Online on Saturday, May 30, 2020

ލަތީފް ވިދާޅުވީ އެހެން ފަހަރުތަކާ އަޅާބަލާއިރު މިފަހަރު ކަމާގުޅުން ހުރި މުވައްސަސާތަކާއެކު ކައުންސިލުން ދުރާލައި ތައްޔާރުވެފައިވާ ކަމަށާއި، ގެއްލުން ކުޑަވީ ދުރާލައި އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ފެންހިނދުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ ކައުންސިލްގެ އިތުރުން، ފުލުހުންނާއި ރެޑްކުރެންސެންޓް އަދި ކެޑޭޓް ކޯ އެވެ. މީގެ އިތުރުން އެސްޓީއޯ އާއި ސިފައިންގެ އެހީތެރިކަންވެސް ލިބިފައިވެ އެވެ.

ކުޅުދުއްފުށި ސިޓީގެ އިތުރުން ވިއްސާރާގެ ސަބަބުން ހއ އުލިގަމާއި ހދ ހަނިމާދޫ އާއި ނޮޅިވަރަންފަރާއި ފިނޭގައިވެސް ފެންބޮޑުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355