ކޮވިޑް-19 ގެ ބަލިމަޑުކަކަމުގެ އަސަރު ނެތް އާންމު ހާލަތުގައި ހުރި ރަށްތަކުގައި ކޯޓްތައް ހުޅުވުމުގެ ހުއްދަ ދީފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ކޮވިޑް-19 ގެ ސަބަބުން އިއުލާނުކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާތީ އާއި ރަށްރަށުގެ މެދުގައި ދަތުރުފަތުރު ކުރުން މަނާކުރެވިފައި އޮތުމުން، މިބަލި މިހާރު ނެތް ރަށްރަށުގައި މިބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު ހަނިކަމަށް ފެންނާތީ މިއަދުން ފެށިގެން އާއްމު އުސޫލުން ހިދުމަތް ދިނުމަށްޓަކައި ހެނދުނު 8:00ން މެންދުރުފަހު 2:00 އަށް ކޮވިޑް-19 ގެ އަސަރު ނެތް ރަށްރަށުގެ ކޯޓުތައް ހުޅުވައި ހިދުމަތް ދިނުމަށެވެ.
ނަމަވެސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އޮންލައިންކޮށް ޝަރީއަތްތަކާއި ކައިވެނި ކޮށްދިނުންފަދަ ކަންނަން ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމަށް އެދިފައިވެ އެވެ. އަދި ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރާނަމަ ކޯޓުގެ އެތެރޭގައި ތޮށްޖެހުން ކުޑަވާނެ ގޮތަށް އަމަލު ކުރަން ވާނެކަމަށެވެ.
ކޯޓުތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރުމަށް ސަރުކާރުގެ މުއައްސަސާތައް ވެސް ހަފްތާއަކު ތިން ދުވަހު ހުޅުވާގޮތަށް ވަނީ ނިންމާފަ އެވެ.