twitterviber whatsapp telegramfacebookyoutube instagram
28th June 2026

ނަރުދޫ އާންމު ހާލަތަށް ގެނެސްފި

ނަބީލާ އިސްމާޢީލް
May 31, 2020

ކޮވިޑް-19 އާ ގުޅިގެން މާލެ ފިޔަވާ އެންމެ ގިނަމީހުން ޕޮޒިޓިވްވެގެން މޮނިޓަރިންގެ ހާލަތަށް ގެންދެވުނު ށ. ނަރުދޫ އާންމު ހާލަތަށް ގެނެސްފި އެވެ.

ނަރުދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހު 15 ވަނަ ދުވަހު މާލެއިން ފުރައިގެން އައި އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާއި ގުޅިގެނެވެ.

ބޯޓް ކެޕްޓަން ނަރުދޫ ސިއްހީ މަރުކަޒަށް ދައްކަން ދިޔައީ ރޯގާ ޖެހިގެންނެވެ. ކޮވިޑްގެ އަލާމާތްތައް ފެންނާތީ އެ ރަށު ސިއްހީ މަރުކަޒުން އެދިގެން ވަނީ އޭނާގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފަ އެވެ.

ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ޕްރައިމަރީ ކޮންޓެކްޓްވި 113 މީހުންގެ ތެރެއިން ނަރުދޫއަށް ނިސްބަތްވާ 11 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެރަށުން ވަނީ 52 މީހަކު ކޯވިޑަށް ޓެސްޓްކޮށްފައެވެ.

ނަމަވެސް ނަރުދޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ކަށަވަރު ކުރުމަށްފަހު އިއްޔެއިން ފެށިގެން އެރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވި އެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާއި ގުޅިގެން އެ ބޮޓުން ދަތުރުކުރި މީހުން ހިމެނޭ ހުރިހާ ރަށެއް މޮނިޓަރިންގ އަށް ގެނައެވެ. ނަމަވެސް ނަރުދޫ އާންމު ހާލަތަށް ބަދަލުކުރުމާއި އެކު އެ ރަށްތައް ވެސް މިހާރު އާންމު ހާލަތަށް ގެނެސްފި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355