ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށް ދާއިރާ ނެގެހެއްޓުމުގައި އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ޔުނިސެފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.
އެގޮތުން ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށް ދާއިރާ ނެގެހެއްޓުމުގައި އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ޔުނިސެފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.
މުދައްރިސުންނަށް އަމާޒުކޮށްގެން ޔުނިސެފުގެ އެހީތެރިކަމާއެކު ގޫގުލް ފޯ އެޑިޔުކޭޝަން ތަމްރީނު ޕްރޮގްރާމެއް ފެށިގެން މިހާރުވެސް ކުރިއަށް ގެންދާ ކަމަށާއި ދަރިވަރުންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމު ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ޔުނިސެފުން އެހީވާ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ވަގުތީގޮތުން ބަންދުކޮށްފައި ވީ ނަމަވެސް މިނިސްޓްރީން ދަނީ ޓެލިކިލާސްގެ ނަމުގައި ޓީވީ އިން ކްލާސްތައް ނަގައިދެމުންނެވެ.
ޓެލެކިލާސްތައް ކުރިއަށް ގެންދިއުމަށް ޔުނިސެފުން ވަނީ ނޭޝަނަލް އިންސްޓިޓިއުޓް ފޮ އެޑިއުކޭޝަން (އެންއައިއީ)ގައި ސްޓޫޑިއޯ ސެޓަޕެއް ގާއިމުކޮށްދެއްވާ އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ދީފައެވެ. އެޑިއުކޭޝަނުން ވަނީ ޔުނިސެފުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.