twitterviber whatsapp telegramfacebookyoutube instagram
8th April 2025

ގަވައިދާ ހިލާފަށް އުޅުނު 1593 ބަންގްލަދޭސް މީހުން ގައުމަށް ފޮނުވާލައިފި

Jun 3, 2020

އަންޑޮކިއުމެންޓަޑް ނުވަތަ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގުލަދޭޝް އަށް ނިސްބަތްވާ 1593 މީހަކު މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ މިހާތަނަށް ޖުމްލަ 1935 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެެ ތެރެއިން 342 މީހުންނަކީ ގަވައިދާ އެއް ގޮތަށް ރާއްޖޭގައި މަސައްކަތްކުރަމުން އައި ފަރާތްތައް ކަމަށެވެ.

އަނބުރާ ގައުމަށް ދިޔަ މީހުންގެ ތެރޭގައި ގިނައީ އަމިއްލައަށް ގައުމަށްދާން ބޭނުންވެގެން އެދިފައިވާ މީހުންނެވެ. މިފަހުން ބޭއްވުނު ފްލައިޓްތަކުގައި އަމިއްލަ އަށް އެދިގެން ދިއުމަށް ބޭނުންވި ފަރާތްތަކާއި ވަޒީފާ ގެއްލުމުގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން ހިމެނެ އެވެ.

ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގައި އެ ގައުމުގެ ސަރުކާރުންނާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީ އިން ވަނީ އެހީތެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355