އާންމު ހާލަތުގައި ހުރި ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗްތަކުން މިހާރު ހިދުމަތް ލިބޭނެކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލް ބްރާންޗްތައް ހަފްތާއަކު ތިން ދުވަހު ހުޅުވާނެ ކަމަށެވެ. އެގޮތުން ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އޮންލައިން ކޮށް ނުވަތަ އޭޓީއެމް މެދުވެރިކޮށް ލިބެންނެތް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.
Our atoll based branches (except islands under monitoring) are open on Monday, Tuesday and Thursday to support customers with services not available online or via ATMs. Thank you for the support in adhering to precautionary measures put in place to ensure everyone’s safety. pic.twitter.com/rTdMLkXSiJ
— Bank of Maldives (@bankofmaldives) June 4, 2020
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ސަރުކާރުގެ އޮފީތަކާއި ސްކޫލުތައް ބަންދުކޮށްފައި ހުރިނަމަވެސް ގިނަ އޮފީސްތަކުން ދިޔައީ އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދެމުންނެވެ. އެ ގޮތުން ބީއެމްއެލްއިންވެސް އޮންލައިންކޮށް އަދި އޭޓީއެމްތައް މެދުވެރިކޮށް އެ ބެންކްގެ އެކި ހިދުމަތްތައް ލިބޭނެ އިންތިޒާމް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ. އަދި 24 ގަޑިއިރު ކޯލް ސެންޓަރުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ދީފައިވާ ލުޔާއިއެކު ބެންކް އޮފް މޯލްޑިވްސްގެ މާލޭ ބްރާންޗްތަކުންވެސް ހަފްތާއަކު ތިން ދުވަހު އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.