twitterviber whatsapp telegramfacebookyoutube instagram
25th April 2024

އޭލެވެލް ސެޓްފިކެޓް އަވަހަށް ބޭނުންވާ ދަރިވަރުންނަށް ހޯމަ ދުވަހު ދޫކުރަން ފަށަނީ

Jun 5, 2020

މިދިޔަ އަަހަރު އޮކްޓޯބަރު، ނޮވެމްބަރުގައި ހެދި އޭ ލެވެލް އިމްތިހާންގެ ސެޓްފިކެޓްތައް އަވަހަށް ބޭނުންވާ ދަރިވަރުންނަށް އެ ސެޓްފިކެޓްތައް އަންނަ ހޯމަ ދުވަހުން ފެށިގެން ދޫކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސެޓްފިކެޓްތައް ރާއްޖެ ގެނައިތާ ކުޑަ ދުވަސްކޮޅެއް ވެއްޖެ ކަަމަށާއި ސެޓްފިކެޓްތައް އޭ ލެވެލް އިމްތިހާނުގެ ބައެއް ސެންޓަރުތަކަށް ފޮނުވާފައި ވާ ކަމަށެވެ.

އެގޮތުން "އާޖެންޓް" ކޮށް ބޭނުންވާ ދަރިވަރުންނަށް ހޯމަ ދުވަހު ސެޓްފިކެޓްތައް ދޫކުރަން ފެށިނަމަވެސް އާންމުކޮށް ދޫކުރަން އަދި ނުފަށާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުތައް ފެށުނުހާ އަވަހަކަށް އަތޮޅުތެރެއަށް ވެސް ސެޓްފިކެޓްތައް ފޮނުވަން މަސައްކަތްކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އެއް ރަށުން އަނެއް ރަށަށް ދަތުރުތައް ފެށުނުހާ އަވަހަކަށް އަތޮޅުތެރެއަށް ވެސް ސެޓްފިކެޓްތައް ފޮނުވަން މަސައްކަތްކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށްފައިވާތީ ރާއްޖެއާ ހަމައަށް އަދި ސެޓްފިކެޓްތައް ގެނައުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު/ ނޮވެމްބަރު މަހު ހެދި އޯ ލެވެލް އިމްތިހާންގެ ސެޓްފިކެޓްތައްވެސް އަދިވެސް ނުލިބެ އެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355