twitterviber whatsapp telegramfacebookyoutube instagram
15th January 2021

ހަނިމާދޫ ބަނދަރުގެ މަސައްކަތް ފަށައިފި

Jun 6, 2020

އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވް ވުމާއެކު ހދ. ހަނމާދޫ ބަނދަރުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ ބަނދަރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ޖޫން އެއްވަނަ ދުވަހުން ފެށިގެން އެކްސްކެވޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ޕްރޮޖެކްޓަށް 57.1 މިލިއަން ރުފިޔާ ހަރަދު ކުރާއިރު މި ޕްރޮޖެކްޓު ނިންމާލާއިރު ބަނދަރު ސަރަހައްދުގައި ލައިޓު ހަރުކުރާނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން 53،523 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ހިއްކައި ފުންކުރާނެ އެވެ. އަދި 355 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމްކޮށް 50 މީޓަރުގެ ރިވެޓްމެންޓު ޖަހާނެ އެވެ.

މީގެ އިތުރުން 270 މީޓަރުގެ އެއްގަމު ތޮށި ގާއިމްކޮށް 1015 މީޓަރުގެ ސަރަހައްދެއްގައި މޭވްމެންޓު ގާއިމް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355