މަސް އެކްސްޕޯޓްކުރަން އިތުރު މާކެޓްތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެފި އެވެެ.
ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއެއްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ރޭ ވިދާޅުވީ މިހާރު ވަރަށް ގިނަ ކަސްޓަމަރުންނާއެކު ވާހަަކަ ދެކެވެމުންދާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެކްސްޕޯޓް އިތުރުވާނެކަަމަށް ބެލެވޭ ކަަމަށެވެ.
އާންމުކޮށް ޔޫރަޕްއަށް ދަޅުގައި ބަންދުކޮށްފައި ހުންނަ ކަނޑުމަސް ބޭރުކުރާއިރު އެންމެ ބޮޑަަށް އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތުގެ މާކެޓް ތަކަށެެވެ. ކުރިއަށް އޮތް ތިން މަހަށްވެސް އޯޑަރުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެެ.
ނަމަވެސް ރޯމަހުގެ ޑިމާންޑް ކޮންމެވެސް ވަަަރަަކަށް އެބަދަށްވާ ކަމަށާއި ކޮރޯނާވައިރަހާ ގުޅިގެން ފުރަބަންދާ ދިމާކޮށް މިސްރާބު ޖެހިއިރު ރޯމަހުގެ އަގު 1500 ޑޮލަރުގައި ހުރި ނަަމަވެސް މިހާރު އެ އަދަދު 1300 އަށް ވެއްޓިފައިވާކަމަށްވެސް ފައުޒީ ވިދާޅުވި އެވެ.
ޔޫރަޕް ފުރަބަންދުން މަޑުމަޑުން ވީއްލާލަމުންދާއިރު ދަޅުގައި ބަންދުކޮށްފައި ހުންނަ މަހުގެ އަގު މިހާރު ކޮންމެވެސް ވަަރަކަށް ރަނގަޅުވަމުން އަންނަކަމަށް ފައުޒީ ވިދާޅުވި އެވެ.
މަސް ގަންނަ އަގު އެއްވަރެއްގައި ހިފަހެއްޓައިފައިވާ ކަމަށާއި އަދި ރޯމަަހަށްވެސް ރަނގަޅު އަގެއް ލިބޭނެކަމަށް އުއްމީދުކުރާކަަމަށް އޭނާ ވިދާޅުވި އެވެ.