twitterviber whatsapp telegramfacebookyoutube instagram
4th May 2024

ވަޒިފާނެތް ފަރާތްތަކަށް އިނާޔަތެއް ދިނުމުގެ ބާބެއް ހިމަނަން ހުށައަޅައިފި

Jun 8, 2020

ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތެއް ދިނުމުގެ ބާބެއް ހިމަނަން މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހުމޫދު ހުށަހަޅުއްވައިފި އެވެ.

ޖީހާން ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހަޅުއްވާފައިވާ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ދިރާސާ ކުރަމުންދާއިރު އެ ބިލުގައި ވަޒީފާ ނެތް މީހުންގެ އިނާޔަތް ދިނުމުގެ ބާބެއް ހިމެނުމަށެވެ.

ޖީހާން ވިދާޅުވީ، ދިމާވާ ހާލަތަކާ ގުޅިގެން ވަޒީފާ އަދާ ކުރާ މީހެއްގެ އެއްވެސް ކުށެއް ނެތި ވަޒީފާ ގެއްލިގެން ދިއުމުން އެ ފަރާތްތަކުގެ މާލީ ހާލަތު ފަގީރުވެ ނުދިއުމަށް އަދި ވަކި ފަންތިއެއްގައި ހިފެހެއްޓުމަށް ދައުލަތުން އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މެންބަރު އީސަ ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޖީހާން ވިދާޅުވީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ގޮސްފައިވާ ކަމަށާއި ން އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ. އަދި ވަޒީފާ ހޯދަން މަސައްކަތްކޮށް ނުލިބިވާ މީހުނަށް އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ.

ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާއި ވަޒީފާ ނެތް ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ވަޒީފާ ލިބެންދެން އެ މީހުނަށް އިނާޔަތެއް ދިނުމަކީ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހުށަހެޅި "އެޖެންޑާ 19" ގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355