twitterviber whatsapp telegramfacebookyoutube instagram
12th March 2026

އެމްސީއަކާނުލައި 15 ދުވަހު ސަލާމް ބުނެވޭގޮތް ހަދަނީ

ޚަދީޖާ އާދަމް
Jun 8, 2020

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން މަޝްވަރާކޮށްފި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރު އަދި ކެންދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެޕާޓީގެ ޕީޖީ ގުރޫޕްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްސީ އާއެކު 15 ދުވަސް އަދި އެމްސީ ނުލައި 15 ދުވަސް، އަހަރަކު ޖުމުލަ 30 ދުވަހުގެ މެޑިކަލް ލީވް ނެގޭނެ ގޮތަށް ކޮމިޓީގައި އިސްލާހު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ގާނޫނު އޮތްގޮތުން އެމްސީ ހުށަނާޅާ ސަލާމް ބުނެވިދާނެއެވެ. އެކަމަށް އަހަރަކު 30 ދުވަސް ކަނޑައަޅާފައިވެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މި މަޝްވަރާ ކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

ގިނަ ބަޔަކު ކަންބޮޑުވަނީ އެންމެ ދުވަހަކު ވެސް ސަލާމް ބުނި ނަމަވެސް އެމްސީ ހުށައަޅަން ޖެހޭގޮތަށް އިސްލާހު ހުށައަޅާފައިވާތީއެވެ. އެމްސީ ހުށަނާޅާނަމަ އެ ދުވަހަށް މުސާރައެއް ނުލިބޭނެއެވެ. ސަރުކާރު އޮފީސްތަކުގެ މުވައްޒިފުން އަދި އަމިއްލަ އޮފީސްތަކުގަިއ މަސައްކަތްކުރާ މުވައްޒިފުންވެސް ސަލާމް ބުނުމުގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355