twitterviber whatsapp telegramfacebookyoutube instagram
8th May 2024

އުރީދޫ އެމް ފައިސާ ކޭޝްބެކް އޮފާއެއް

ނަބީލާ އިސްމާޢީލް
Jun 9, 2020

އުރީދޫ އެމް ފައިސާ މެދުވެރިކޮށް ޕްރީޕެއިޑް ރީޗާޖު ކުރާ އަދަދުގެ ފަސް ޕަސެންޓް އަނބުރާ އެމްފައިސާ ވޮލެޓަށް ލިބޭ އޮފާއެއް އުރީދޫއިން ފަށައިފި އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ އެމް-ފައިސާ ކޭޝްބެކް އޮފާ ގައި އެމް-ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ ލެވޭނެ ކަމަށާއި ބިލްތައް ދެއްކުމުން އެމް-ފައިސާ ވޮލެޓަށް ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ. އަދި މި އޮފާ ތައާރަފް ކުރީ ފުރަބަންދު ލުއިވެގެންދިޔަކަމުގައިވިޔަސް ރައްކާތެރިކަން އިހްތިޔާރުކޮށް، ބިލް ދެއްކުން، ރީޗާރޖް ކުރުން ފަދަ ޑިޖިޓަލްކޮށް ފޯރުކޮށްދެވޭ ހިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް އުރީދޫއިން ބުނެ އެވެ.

އެމް-ފައިސާ ބޭނުންކުރާނެ ގޮތް

  • އުރީދޫ އެޕް ޑައުންލޯޑްކުރުން http://ore.do/app
  • އެމް-ފައިސާ ހިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލާ
  • މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖަހާލާ
  • މޮބައިލް ނަންބަރު ޖެހުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާލާ
  • ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާލާ
  • ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކޮށްލާ

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355