ރާއްޖެ އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑު ކުރަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަސް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ވިސާމް އެވެ.
ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު ވެސް 25 ޕަސެންޓު ނަގަމުން އަންނަ އިރު، ސިނގިރޭޓަކަށް ނަގަމުން އައީ ދެ ރުފިޔާ އެވެ. ވިޝާމް ހުށަހެޅުވި ބިލުގައިވަނީ ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކުރުމަށާއި ކޮންމެ ބިޑިއަކުން ވެސް ޑިއުޓީގެ ގޮތުގައި ތިން ރުފިޔާ ނަގަން މިބިލުގައި ވަނީ ހިމަނައިފަ އެވެ. ސިނގިރޭޓު ޑިއުޓީގެ ގޮތުގައި މިހާރު ވެސް އަންނަނީ 25 ޕަސެންޓު ނަގަމުންނެވެ.
ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި 200 ޕަސެންޓު ޑިއުޓީ ނަގަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއިި އޭގެ ބައިތަކުން ވެސް 200 ޕަސެންޓު ޑިއުޓީ ނަގަން ބިލުގައި ހިމަނާފައިވެއެވެ.
އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.