twitterviber whatsapp telegramfacebookyoutube instagram
23rd February 2026

ލުއިތައް އިއުލާންކުރުން މާދަމާއަށް ފަސްކޮށްފި

Jun 10, 2020

ފުރަބަންދަށް ދެވަނަ ފިޔަހީގައި ދޭނެ ލުއިތައް އިއުލާން ކުރުމަށް މިރޭ ސަރުކާރުން ބޭއްވުމަށް ހަމަޖެހުނު ނޫސްވެރިންގެ ބައްދަލުވުން މިރޭ ނޯންނާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ފުރަބަންދަށް ލުއިތައް ދެމުން އަންނަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފިޔަވަހީގެ 14 ދުވަސް މާދަމާއަށް ހަމަވާނެއެވެ. ކުރިން ހަމަޖައްސާފައި ވަނީ މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުރަބަންދަށް ދޭނެ އިތުރު ލުއިތަކުގެ މައުލޫމާތު ހިއްސާ ކުރާ ގޮތަށެވެ.

"ސަން" އަށް ދެއްވި އިންޓަވިއެއްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ލުއިތައް މާދަމާ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެ ކަމަށާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރީ ބައެއް ކަންކަން ފައިނަލް ކުރަން ހުރުމުން ކަމަށެވެ.

ފުރަބަންދަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހީގައި ކޮންމެ ގޭބީސީއަކަށް ތިން ޝޮޕިން ޕާމިޓް ދޭން ނިންމި އެވެ. އަދި ބޭރުގައި ދެ ގަޑިއިރު އުޅެވޭ ގޮތަށް ހެދި އެވެ.

އޭގެ އިތުރުން، ވިޔަފާރި ކުރަން ވަކި ސަރަހައްދަކަށް އެކަނި ދެވޭހެން އޮތް އޮތުން އުވާލި އެވެ. އޭގެ އިތުރުން ކަސްރަތު ކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް ފަތިހުގެ ވަގުތު ނުކުތުމުގެ ހުއްދަ ދިނުމަށްވެސް ނިންމިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355