twitterviber whatsapp telegramfacebookyoutube instagram
11th December 2025

ހައުސިން މިނިސްޓަރު އާތިފާ މަގާމުން އިސްތިއުފާ ދެއްވައިފި

ޚަދީޖާ އާދަމް
Jun 10, 2020

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ސިއްހީ ހާލަތު ތަން ނުދޭތީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އާތިފާ ވަަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މިއަދު އަންގަވާފަ އެވެ.

އެކަމަނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސް ވަމުން ގޮސް ކުއްލިއަކަށް ވަރަށް ބޮޑަށް ހާލުކޮޅު ގޯސް ވެގެނެވެ. އާތިފާ ގެންދަވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޮޑު ބައްޔަކަށް ބޭސް ކުރައްވަމުންނެވެ. އިސްލާހީ މަސައްކަތުގައި އެކަމަނާ އޭރު މަސައްކަތް ކުރެއްވީ ވެސް ވަރަށް ބޮޑަށް ސިއްހީ ހާލުކޮޅު ގޯސްވެފައި ވަނިކޮށެވެ.

އާތިފާ މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވީ ބަލި ހާލަތު ތަންކޮޅެއް ރަނގަޅުވުމާއި ގުޅިގެންނެވެ.

ހައުސިން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު އެކަމަނާ މަގާމުން ދުރު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި މައްޗަންގޮޅީ މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒް ވަނީ އިއްޔެ ރައީސް ނަޝީދަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އާތިފާ ވާނީ ރައީސް ސޯލިހުގެ ކެބިނެޓުން އިސްތިއުފާ ދެއްވާ ދެ ވަނަ މިނިސްޓަރަށެވެ. މީގެ އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަ މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝިދާތާ ޝަރީފެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355