twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން މަޖިލީހުގެ ރުހުން އޮންނާކަށް ނުޖެހޭ: އަލީ ހުސައިން

ނަބީލާ އިސްމާޢީލް
Jun 11, 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަން ނުޖެހޭ ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައި ވަނިކޮށްނެވެ.

އެކަން ހާމަކޮށް އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން މަޖިލީހުގެ ރުހުން އޮންނަން ނުޖެހޭނެ ކަމަށާއި މަޖިިލީހުގެ މެޖޯރިޓީ ނެތިވެސް ރިޔާސީ ނިޒާމުގައި ސަރުކާރު ހިންގެން ޖެހޭނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމުން ގިނަ ރައްޔިތުންގެ ފާޑުކިއުން އަންނަނީ އެކަމަށް ލިބެމުންނެވެ.

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލުގެ ފުރަތަމަ އަޑުއެހުން މިއަދު މަޖިލީހުގައި ވަނީ އިއްވާފަ އެވެ.

ސިއްހީ ކުއްލި ނުރައްލުގެ ހާލަތު އިއުލާނު ކުރި ނަމަވެސް ވަކިކަންކަން ކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރުވެސް މަޖިލީހަށް ލިބިދެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނުކޮށްފައިވާ ކުއްލި ނުރައްކާ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355