twitterviber whatsapp telegramfacebookyoutube instagram
1st November 2026

ތައުލީމު ބިލާ މަތީ ތައިލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

Jun 12, 2020

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އެ ދެ ބިލަށް ވެސް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހިޔާލު ފޮނުވާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްގެންނެވެ. ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވޭނެ އެވެ.

ތައުލީމުގެ ބިލު ހުށައެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ. އަދި މަތީ ތައުލީމުގެ ބިލު ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޝަފީގެވެ.

ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ މެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެ އެވެ.

މަތީ ތައުލީމުގެ ބިލުގައި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓްރީ ކުރުމަށް ބަޔާން ކޮށްފައިވެ އެވެ. އަދި އެ ތަންތަން މޮނިޓާކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމުގެ ގާނޫނީ އޮނިގަނޑުތައް ވެސް އެ ބިލުގައި އެވެ. އެ ތަންތަނުގައި ތައުލީމު ދޭނެ ގޮތާއި ތަމްރީން ޕްރޮގްރާމްތަކާއި ދިރާސާ ކުރުންތައް ގެންދާނެ ގޮތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ދެ ބިލު ވެސް ދިރާސާ ކުރަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293