twitterviber whatsapp telegramfacebookyoutube instagram
23rd February 2026

ކޮވިޑް ޖެހުނު މީހުންގެ އަދަދު 2000 އަށް ވުރެން މައްޗަށް

ނަބީލާ އިސްމާޢީލް
Jun 13, 2020

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާތަނަށް 2003 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޭޝްބޯޑު ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދު 2003 އަށް އަރާފައިވާއިރު މީގެ ތެރެއިން 1193 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އެހެން ކަމުން މިހާރު 800 މީހުން މިބައްޔަށް ފަރުވާހޯދަމުން އަންނައިރު އޭގެ ތެރެއިން 8 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމެޓްކޮށްގެނެވެ. މި ބަލިޖެހިގެން 8 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންތެރޭގައި ގިނައީ ބިދޭސީންނެވެ. 1303 ބިދޭސީން ޕޮޒިޓިވްވެ، 700 ދިވެހިންނަށް މިބަލިޖެހިފައިވެ އެވެ.

ކަރަންޓީން ފެސިލީތަކުގައި 346 މީހަކު ބެހެއްޓިފައިވާއިރު އައިސޮލޭޝަންގައި 734 މީހަކު ވަނީ ބެހެއްޓިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355