twitterviber whatsapp telegramfacebookyoutube instagram
12th August 2026

ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން

Jun 14, 2020

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވިފަހުން ކުރި ޖޫރިމަނާ ސައްހަ ނޫންކަމަށް ނިންމައިފި އެވެ.

ހުކުރު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް މުއްދަތު އިތުރުކޮށްފައިވާޢިރު، އިތުރުކުރެވުނީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުންނެވެ. އެ ދިޔަ ހުސްކަމުގެ ތެރޭގައި ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައިވާއިރު، މިއީ އެންމެ ރަނގަޅަށް ހިނގައިދިޔަ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ އެ ޖޫރިމަނާތައް ސައްހަ ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވަނީ މިދިޔަ އެޕްރީލްމަހު 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއިގުޅިގެނެވެ. އޭގެ ފަހުން ލޮކްޑައުންގެމުއްދަތު ދަންމަމުން ދިޔަނަމަވެސް މިހާރު މާލެ ސަރަހައްދަށް އަންނަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ލުއިދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355