twitterviber whatsapp telegramfacebookyoutube instagram
2nd February 2026

އަސްލަމަށް ރުހުން ހޯދަން މަޖިލީހަށް ހުށައަޅައިފި

ޚަދީޖާ އާދަމް
Jun 14, 2020
1

ދެ މިނިސްޓްރީއެއް އެއްކޮށްލައި، މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަގެ ނަމުގައި އުފެއްދި މިނިސްޓްރީއަށް މިނިސްޓަރު މުހައްމަދު އަސްލަމް އައްޔަނުކޮށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި މައްސަަލަ ވަނީ މާދަމާގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފި އެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން މިނިސްޓަރު ކަމަށް އަލަށް އައްޔަނުކުރާ ފަރާތަކަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

މިދިޔަ ހަފްތާގައި އުވާލި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓްގެ މެންޑޭޓު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށް އުފެއްދެވި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރުކަމަށް މުހައްމަދު އަސްލަމް އައްޔަނު ކުރެއްވީ މިއަދު އެވެ.

އޭގެ އިތުރުން ދެ މިނިސްޓްރީ އެއްކޮށްލައި ރައީސް އުފެއްދެވި މިނިސްޓްރީގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.

ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ އުވާލައި، އެތަނުގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރީ ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ޝަކޫރު މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355