twitterviber whatsapp telegramfacebookyoutube instagram
25th August 2025

ހުޅުމާލެއިން 6.8 ކިލޯގެ ކެނެބިސް އަތުލައިގެންފި

Jun 15, 2020

ރޭ ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނެބިސް އަތުލަައިގެންފައި ވާކަމަށް، ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާތަނަށް 6.8 ކިލޯގެ ކެނެބިސް އަތުލައިގެންފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

އެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާކެތި ވަނީ ހޯދައިފަ އެވެ. އަދި ނުވަ މީހަކު ހައްޔަރުކޮށް، މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355