twitterviber whatsapp telegramfacebookyoutube instagram
31st May 2026

ކޮވިޑާއި ގުޅިގެން ވަގުތީ ގޮތުން ރަށަށް ބަދަލުވި ދަރިވަރުންނަށް ރަށު ސްކޫލުން ޖާގަ ލިބޭނެ

ޚަދީޖާ އާދަމް
Jun 16, 2020
1

ކޮވިޑް-19ގެ ސަބަބުން ވަގުތީގޮތުން ރަށަށް ބަދަލުވާ ދަރިވަރުންނަށް އެރަށެއްގެ ސްކޫލުގައި ކިޔެވުމުގެ ފުރުސަތުލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ ރަށަށް ގޮސްތިބި ކުދިންނަށް ސްކޫލްތައް ފެށުމުން އެކުއްޖާ ކިޔަވަމުންދިޔަ ގްރޭޑްގައި ކިޔެވުމަށް ރަށު ސްކޫލުން ޖާގަލިބޭނެކަމަށާއި އަދި މިހާލަތުގައި ދަރިވަރު ސްކޫލަށް ދިއުމަށް ކުރިންލީ ޔުނީފޯމްވެސް ބޭނުންކުރެވޭނެކަމަށެވެ.

މިނިސްޓަރ ޑރ.ޢައިޝަތު އަލީ ވިދާޅުވީ މިޙާލަތުގައި މާލޭގައި ތަޢުލީމު ހާސިލުކުރާ ބައެއް ދަރިވަރުން ވަގުތީގޮތުން ރަށަށް ބަދަލުވެފައިވާތީ އެކުދިންގެ ކިއޔެވުމުގެ ކަންކަން މެދުނުކެނޑޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ހާލަތު ރަނގަޅުވެ ދަރިވަރުން އަންބުރާ މާލެއަންނައިރު އެކުދިން ކިޔެވި ސްކޫލުގެ ޖާގަ ނުގެއްލޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355