ނިއު ނޯމަލްގައި ސްކޫލުތަކުގެ ކިޔެވުން ހުޅުވާ ދުވަސްވަރު ދަރިވަރުންނަށް ނާސްތާ ނުދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިދުވަސްވަރަށް ނާސްތާ ޕްރޮގްރާމް މެދުކަނޑާލުމުން ސުކޫލަށް ދަރިވަރުން ދާއިރު ގެއިން ރަނގަޅަށް ނާސްތާ ކޮށްގެން ދިއުން މުހިންމު ކަމަށާއި ސުކޫލަށް ދާއިރު ދަރިވަރުން އަމިއްލަ ފެންފުޅި ވެސް ގެންދަން އެދި ވަޑައިގަންނަވާ ކަމަށެވެ.
އަންނަ މަހުން ފެށިގެން ސްކޫލުތައް ހުޅުވަން މިނިސްޓްރީން ނިންމާފައިވާއިރު މާލޭގެ ސްކޫލުތަކުގައި ކިޔެވުން ފަށަން ނިންމާފައިވަނީ ގުރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށެވެ.
ނަމަވެސް ކޮވިޑް ބަލީގެ އަސަރުނެތް ރަށްރަށުގައި ހުރިހާ ގުރޭޑްތަކުގެ ކިޔެވުންވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފަ އޮންނަތާ ތިންމަސް ދުވަހަށްވުރެން އިތުރުވެފައިވީނަމަވެސް އޮންލައިންކޮށްް އަންނަނީ ކިޔަވާދެމުންނެވެ.