އާންމުންގެ ބަޔަކަށް ފުރައްސާރަކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އެކެއްގެ ރޭންކު ދަށްކޮށްފި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ފާއިތުވެދިޔަ އަހަރު އޯގަސްޓް 5 ވަނަ ދުވަހު އާންމުންގެ ބަޔަކަށް ފުރައްސާރަކުރި މައްސަލައިގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަށް ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް އިތުރު ފުލުހެއްގެ ރޭންކް ދަށްކޮށްފައިވާނެ ކަމަށެވެ.
The Disciplinary Board yesterday dismissed 3 officers & demoted 1 for allegedly assaulting a member of public on 5/8/2019. This demonstrates our posture for reform. Police reform is doable, it’s in everyone’s interest, can be approached with civility. Ridiculing is unnecessary.
— Mohamed Hameed (@M_Hameedh) June 16, 2020
އިތުރަށް ސީޕީ ވިދާޅުވީ އެ ފިޔަވަޅުތަކަކީ ފުލުހުންގެ އަހުލާގާއި އެ އިދާރާ ހަރުދަނާ ތަނަކަށް ހަދަމުން އަންނަ މަސައްކަތްތަކުގެ މިސާލެކެވެ. އަދި އިދާރާ ހަރުދަނާ ކުރުމަކީ އެންމެން ވެސް އެދޭ ކަމެއް ކަމަށާއި އެކަން ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ފުލުހުންގެ ތައުލީމީ ފެންވަރާ، ގާބިލުކަމާމެދު ސުވާލުއުފައްދާ، ފުލުހުންގެ މުއައްސަސާއަށް މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުން އިއްޔެ ފާޑު ވިދާޅުވެފައިވާއިރު އެކަމަށް ރައްދުދެއްވައި ސީޕީ ހަމީދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަޒީފާ އަދާކުރާ ފުލުހުންގެ ތެރެއިން، 34 ޕަސެންޓު ފުލުހުންގެ އަތުގައި އޭލެވެލް އަށްވުރެ މަތީ ފާސް އޮންނާނެ ކަމަށެވެ.
34% of the workforce at MPS hold academic qualifications above A’ levels. There are 220 officers and staff who hold postgraduate degrees. It is universally understood that a wide range of policing skills are best learned on the job. A higher academic qualification is secondary.
— Mohamed Hameed (@M_Hameedh) June 16, 2020
އަދި 220 ފުލުހުންގެ އަތުގައިި ޕޯސްޓްގްރެޖުއޭޓް ޑިގްރީ އޮންނަ ކަމަށާއި ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ގިނަ ހުނަރުތަައް ދަސްކުރަނީ މަސައްކަތުގެ ތެރެއިން ކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ.
ސީޕީ ވިދާޅުވީ މަތީ ފާހަކަށް ވުރެ ތަމްރީނާއި ހުނަރު ލިބި، ވަޒީފާގެ ގާބިލްކަން ހުރުން މުހިންމު ކަމަށެވެ.