twitterviber whatsapp telegramfacebookyoutube instagram
12th August 2026

ރޭގަނޑު 10 ގެ ފަހުން މަގުބޫލު އުޒުރެއްނެތި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ

Jun 16, 2020

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ލުއި ދީފައިވީ ނަމަވެސް ރޭގަނޑު 10ގެ ފަހުން މަގުބޫލު އުޒުރެއްނެތި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެކަން ހާމަކޮށް ފުލުން ކޮށްފައިވާ ޓުވީޓުގައި ބުނީ ލޮކްޑައުންއަށް ލުއި ދިނުމުގެ މަރުހަލާ ދެ އެއްގައި މަގުބޫލު އުޒުރެއްނެތި ރޭގަނޑު 22:00 ން ފަތިހު 05:00 އަށް ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ ކުރިން ބޭރަށް ނިކުތުމަށް ފުލުހުން މެދުވެރިކޮށް ހޯދަންޖެހޭ ހުއްދަ އާއި ނުލާ ކޮންމެ ދުވަހެއްގެ ފަތިހު ފަހަކުން ރޭގަނޑު 10 އަށް ބޭރުގައި އުޅެވޭނެ އެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވާނަމަ ނަސޭހަތް ދިނުމާއި ޖޫރިމަނާ ކުރުމާއި ހައްޔަރުކުރުން ފަދަ ފިޔަވަޅުތައް މީގެ ކުރިންވެސް ވަނީ އަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355