twitterviber whatsapp telegramfacebookyoutube instagram
1st August 2026

އަންހެނުންނަށް ކުރާ އަނިޔާގެ އިންކުއަރީއެއް މަޖިލީހުން ކުރަން ފާސްކޮށްފި

Jun 16, 2020

އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ޕާލިމެންޓްރީ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުން ކުރަން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ ގަރާރު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ.

ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ގަރާރުގައިވާ އިންކުރައިރީ ކުރަން ފޮނުވާފައިވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

ޕާލިމެންޓްރީ އިންކުއަރީ ނިމުމަށް ފަހު، އެ ކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހު ކުރަން ޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ތަޅުމަށް ހުށަހަޅައިގެން ފާސްކޮށް ކުރިއަށް ގެންދަން ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.

އީވާގެ އެ ގަރާރުގައި ބުނާ ގޮތުން، އަންހެނުންނާ މެދު ކުރޭ ނޭދެވޭ ތަފާތު ކުރުންތަކާއި އަންހެނުންނަށް ކުރެވޭ ތަފާތު އެކި އަނިޔާތައް ނައްތާލުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލު ކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން އެ އިންކުއަރީން ދެނެގަންނަން ޖެހޭނެ އެވެ.

މިއީ ރާއްޖޭގެ މަޖިލީހުގައި ކުރާނެ ދެވަނަ ޕާލިމެންޓްރީ އިންކުއަރީ އެވެ. މަޖިލީހުގައި ހެދި ފުރަތަމަ ޕާލިމެންޓްރީ އިންކުއަރީއަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ހެދި އިންކުއަރީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355