twitterviber whatsapp telegramfacebookyoutube instagram
16th September 2026

ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭ ގޮތަށް ހަމަޖައްސައިފި

Jun 16, 2020

މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ދިވެހި ރުފިޔާއިން ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެން ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ދެއްކުމުގައި ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ދިވެހި ރުފިޔާއިން ޓެކްސް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ.

އެހެންކަމުން އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 30 ނިޔަލަށް ދައްކަންޖެހޭ ޓެކްސް ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ ކަމަށް ފިނޭންސުން ބުންޏެވެ. އަދި ކަނޑައެޅިފައިވާ ތާރީހުތަކުގައި ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް ވިޔަފާރިތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293