twitterviber whatsapp telegramfacebookyoutube instagram
18th May 2025

މިނިމަމް ވޭޖް މިވަގުތު ލާޒިމް ކުރާކަން ނުފެނޭ: އަމީރު

Jun 16, 2020

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް ދުވަހަކު ނުދާ ވަރަށް ދަށަށް ގޮސްފައިވާތީ މި ވަގުތު ވިޔަފާރިތަކަށް މިނިމަމް ވޭޖް ލާޒިމު ކުރަން ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިނިމަމް ވޭޖް ހަމަޖެއްސުމުގައި މި ވަގުތު ސަރުކާރުގައި ވެސް ދަތިތަކެއް ހުންނާނެ ކަމަށްވެ.

މިނިމަމް ވޭޖް ލާޒިމު ކުރަން ވާނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް ދެވުނު ދުވަހަކުން ކަމަށާއި އެ ހާލަތަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރު ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 6،400 އަށް ވުރެ ދަށުން ލިބޭތީ ދައުލަތުގެ ހަރަދުތައް ވެސް އިތުރުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާލި ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ހުރިހާ ވިޔަފާރިތަކާއި ސިނާއަތްތަކަށެވެ. އަދި ފުރަތަމަ މިނިމަމް ވޭޖް ކަނޑައަޅާއިރު ބިދޭސީން ނުހިމެނުމަށް އެ ބޯޑުން ލަފާ ދިނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355