twitterviber whatsapp telegramfacebookyoutube instagram
17th August 2025

ހައި ރިސްކް ދަރިވަރުންނާއި މުވައްޒަފުންނަށް ލުއިތަކެއް ދެނީ

Jun 17, 2020

އަންނަ މަހު ސްކޫލްތައް ހުޅުވާއިރު ހައި ރިސްކުގައި ތިބި ދަރިވަރުންނާއި މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

މިކަން ހާމަކުރައްވާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވިޓްގައި ބުނެފައިވަނީ އަންނަ މަހު ސްކޫލުތައް ހުޅުވުމުގެ ކުރިން ކޮވިޑް ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށާއި ހައި ރިސްކުގައި ތިބި ދަރިވަރުންނާއި މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަަމަށެވެ.

އަދި މި ބަލި ތަހައްމަލް ކުރަމުންދާ ދަރިވަރުންގެ މައުލޫމާތު އެއްކޮށް އެ ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދާކަމުގައިވެސް މިނިސްޓްރީން ބުނެ އެވެ.

ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ މާސްކް ހޯދުމަށް ބެލެނިވެރިންނަށް އިރުޝާދު ދިނުމާއި ސްކޫލް މާހައުލުގައި ގައިދުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުގެ މަސައްކަތް ސްކޫލްތަކުގައި ކުރެވެމުންދާ ކަމަށް މިނިސްޓްރީއިން ހިއްސާކޮށްފައިވެއެވެ. އަދި އަތް ދޮވުމުގެ އިންތިޒާމާއި ޑިސްއިންފެކްޓްކުރުމާއި ސެނެޓައިޒް ކުރުމުގެ އިންތިޒާމްވެސް ހަމަޖައްސަމުން ދާކަމުގަ އެވެ.

އަންނަ މަހު ސްކޫލުތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ފުރަތަމަ ކިޔަވައިދިނުމައް ހަމަޖެހިފަ އޮތީ ހަފްތާއަކު 4 ދުވަހު ދުވާލަކު ހަތަރު ގަޑިއިރުކަމައް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355