twitterviber whatsapp telegramfacebookyoutube instagram
25th September 2026

އިންޑިއާއިން ރާއްޖެ ނުގެނެވިހުރި ބޭސް ގެނައުމުގެ ހުއްދަ އެ ގައުމުން ދީފި

ނަބީލާ އިސްމާޢީލް
Jun 17, 2020

ކޮވިޑާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދުވުމުގެ ސަބަބުން އެސްޓީއޯ އިން ގަނެ، ރާއްޖެ ނުގެނެވިފައި ހުރި ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި އެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އެސްޓީއޯ އިން ގަނެ، އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ރާއްޖެ ނުގެނެވިފައި ހުރި ބައެއް ސާމާނު ރާއްޖެ އަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި ކަމަށެވެ. މި ސާމާނުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ބޭނުންކުރާ ބައެއް ތަކެތި ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފަދަ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ރާއްޖެ އަށް ބޭނުންވާ ބައެއް ބޭސް ތާށިވި ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ބޭސްތައް ވެސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

އިންޑިއާ އަކީ ކޮވިޑް-19 ގެ މިހާލަތުގައި ރާއްޖެއަަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދިން އެއް ގައުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293