twitterviber whatsapp telegramfacebookyoutube instagram
23rd February 2026

ކުންފުނިތަކުގެ އަހަރީ ފީ ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި

ނަބީލާ އިސްމާޢީލް
Jun 18, 2020

ކުންފުނިތަކުގެ އަހަރީ ފީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް މިއަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ ނެރުނު އިއުލާނުގައި ބުނީ އަހަރީ ފީ ޑިސެމްބަރު މަހުގެ ނިޔަލަށް އެއްވެސް ޖޫރިމަނާއަކާ ނުލައި މީރާ އިން ބަލައިގަންނާނެ ކަމަށެވެ.

ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި 2000 ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. އަދި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 10،000 ރުފިޔާ އެވެ.

މީގެ ކުރިން އަހަރީ ފީ މާޗުމަހުގެ ކުރިން ދައްކަން ޖެހޭއިރު މާޗު މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރީލް މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 1000 ރުފިޔާގެ ޖޫރިމަނާ އާއެކުގައި ކަމަށާއި އޭޕްރިލް މަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 2،500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް ގާނޫނުގައި ބުނެއެވެ.

އެ މުއްދަތުގައި ފީ ނުދައްކައިފި ނަމަ ކުންފުނީގެ މަސައްކަތްތައް ހުއްޓުވުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިގެން ވެ އެވެ. އަދި މެއި މަހުގެ ކުރިން ފީ ނުދައްކައިފި ނަމަ ކުންފުނި އުވައިލުމުގެ ބާރު ވެސް އޭނާ އަށް ލިބެ އެވެ. މި އުސޫލުން ގިނަ ކުންފުނިތަކެއް މިހާރު ވެސް ވަނީ އުވާލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355