twitterviber whatsapp telegramfacebookyoutube instagram
15th April 2026

އޭލެވެލް، އޯލެވެލް ސެޓްފިކެޓް ދޫކުރަން ފަށައިފި

Jun 23, 2020

މިދިޔަ އަހަރު އޮކްޓޯބަރު ނޮވެންބަރު ގައި އޯލެވެލް އަދި އޭލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ދޫކުރަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް މިހާރުވަނީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އަށް ލިބިފައި ކަމަށެވެ.

އޭލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ބައެއް ސްކޫލްތަކަށް މިހާރުވަނީ ސްޓެފިކެޓްތައް ލިބިފަ އެވެ.

ސްކޫލުތަކަށް ސެޓްފިކެޓް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ބުނީ އެއްވެއުޅުން މަނާކޮށްފައިވާ ހާލަތުގައި ސޯޝަލް ޑިސްޓަންސިން އަށް ބެލުމަށްފަހު ސްކޫލްތަކުން ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރާއިރު އަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް ވެސް ވާނީ ސްކޫލްތަކާ ހިއްސާކުރެވިފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355