twitterviber whatsapp telegramfacebookyoutube instagram
17th May 2025

ކޮވިޑް-19ގެ ސަބަބުން ރިސޯޓް މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ސާވޭއެއް ކުރަނީ

Jun 23, 2020

ކޮވިޑް-19ގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ ދިރިއުޅުމަށް ކޮށްފައިވާ އަސަރުތައް ބަލަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ސާވޭއެއް ފަށައިފި އެވެ.

އެންބީއެސް އިން ބުނީ ކޮވިޑް-19 އިގެ ސަބަބުން މުޅި ދުނިޔެ އަށް ވަރަށް ބޮޑު ގޮންޖެހުންތައް ކުރިމަތި ކުރުވާފައިވާ ކަމަށާއި އެ ބިއުރޯ އިން އޮންލައިންކޮށް ކުރިއަށް ގެންދާ އެ ސާވޭ މެދުވެރިކޮށް ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލާއި ދިރިއުޅުމަށް ކުރަމުންދާ އަސަރުތައް ދެނެ ގަންނާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުވެ ޓޫރިސްޓުން އައުން ހުޓުމާއި އެކު އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރި އެއް ބަޔަކީ ފަތުރުވެރި ކަމުގެ ސިނާޔަތުގައި މަސައްކަތް ކުރާ ފަރާތް ތަކެވެ. އެ ގޮތުން ރިސޯޓު ތަކާއި އަމިއްލަ މަސައްކަތް ކުރާ ގިނަ ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށް، ނޯޕޭ އަށް ނުވަތަ މުސާރަ ކުޑަކުރުން ފަދަ ހާލަތްތަކާއި ކުރިމަތިލާން ޖެހިފަ އެވެ.

ސަރުކާރުންވަނީ އިންކަމް ސަޕޯޓް އެލަވަންސްގެ ނަމުގައި އެ ފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 5000 ރުފިޔާގެ އެލެވެންސްއެއް ދޭން ފަށާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރަމުން އަންނަ އިރު އޭގެ ތެރެއިން ގިނައީ ދިވެހީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355