twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކަސްޓަމްސްގެ ވެރިޔަކަށް ޝަރީފް އައްޔަންކުރައްވައިފި

ނަބީލާ އިސްމާޢީލް
Jun 23, 2020

ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.

އަބްދުﷲ ޝަރީފަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޝަރީފް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ މަޤާމާއި ޢަބްދުﷲ ޝަރީފު ހަވާލުވުމުގެ ކުރިން ޢަބްދުﷲ ޝަރީފު ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމުގެ މަޤާމުގައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން، މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެން، ކޮމިޝަނާ ޖެނެރަލް އެއް އައްޔަނު ކުރެވެންދެން އެ މުވައްސަސާގެެ ހިންގުމާ ހަވާލުވެ ހުންނެވީ ވެސް ޝަރީފެވެ.


ރައީސް އޮފީހުން ބުނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ޢަބްދުﷲ ޝަރީފު އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން ކުރިފުޅުމަތީގައި ކަސްޓަމްސް އޮފިސަރުންގެ ހުވައި، ޢަބްދުﷲ ޝަރީފު ‏ކުރެއްވި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355