twitterviber whatsapp telegramfacebookyoutube instagram
4th July 2025

ފަޅު ރަށެއްގައި ޖަމާއަތް ހަދައިގެން އުޅޭ މައްސަލައެއް ފުލުހުން ބަލަނީ

Jun 23, 2020
1

ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު ޖަމާއަތް ހަދައިގެން ވައްކަން ކުރުމާ މުދަލަށް ގެއްލުން ދިނުމުގެ ކަންކަން ރާވައި، ކުށް ކުރަމުން އަންނާތީ، އެ އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ފަށައިިފި އެވެ. އެ އޮޕަރޭޝަންގެ ދަށުން ފުލުހުންނާއިި ސިފައިން އަންނަނީ މަޑުއްވަރީގަައި ހަރަކާތްތެރިވަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭކަމުގެ މައުލޫމާތު ލިބިފައިިވާ ކަމަށާއި

އެމީހުން ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންކޮށް، މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން އެ އަތޮޅުގައި ފުލުހުން ހަރަކާތެއް ހިންގަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. އެ ފަހަރުވެސް ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ގެތައް ބަލައި ފާސްކޮށް ހަ މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފަ އެވެ. އެ އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ހައްދުފަހަނަ އެޅި ފިކުރުމުގެ ބަޔަކު ވަނީ ޓޫރިސްޓުންތަކަކަށް ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355